
އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތް ބަހަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ މަހު 5.3 މިލިއަން
މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 5.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 3.5 މިލިއަން ރުފިޔާއަށްވުރެ 1.7 މިލިއަން ރުފިޔާ އިތުރު މިންވަރެކެވެ.
މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނައީ މިދިޔަ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އެގޮތުން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 8،800.05 ރ. އެވެ.