އެސްޓީއޯ ހެޑް އޮފީސް --- ފޮޓޯ: އެސްޓީއޯ

އެސްޓީއޯގެ ހިއްސާގެ ފައިދާއަށް 80 ރުފިޔާ ބަހަން ހުށަހަޅަނީ

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން ހުށަހެޅުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

މި ގޮތަށް ހުށަހެޅުމަށް ނިންމީ އިއްޔެ ބޭއްވި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގަ އެވެ.

ކުންފުނީގެ ބޯޑުން މި ގޮތަށް ހުށަހެޅުމަށް ނިންމި ނަމަވެސް މި އަދަދު ފާސްކުރުމާމެދު ގޮތެއް ނިންމާނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނެވެ. އަދި ހިއްސާގެ ފައިދާ ބަހާނީ އަހަރީ އާންމު ޖަލްސާއިން ފާސްވުމަށްފަހު އެވެ.