ފިލްމް "ޗެރީ" ގެ މަންޒަރެއް

ފިލްމް "ޗެރީ" އަށް ޓޮމް 13 ކިލޯ ލުއިކޮށްލި

އެކްޓަރު ޓޮމް ހޮލަންޑް، އޭނާގެ ކުރިއަށް އޮތް ފިލްމެއް ކަމަށްވާ "ޗެރީ" ގައި ދައްކުވައިދޭ ރޯލަށް 13 ކިލޯ ލުއިކޮށްލައިފިއެވެ.

ކްރައިމް ޑްރާމާ މި ފިލްމް ޑައިރެކްޓްކުރަނީ ޖޯއި ރުސޯ އާއި އެންތަނީ ރުސޯއެވެ. ޖޯއި ރުސޯ ބުނި ގޮތުގައި މި ފިލްމަށް ބަރުދަން ލުއިކުރުމަށްފަހު، ޓޮމް ވަނީ ކުރިން ހުރި ބަރުދަނަށް އޭނާގެ ބަރުދަން މިހާރު އިތުރުކޮށްފައެވެ.

ޖޯއި ބުނި ގޮތުގައި ފިލްމީ ދާއިރާގައި ކަންކަން ހަމަޖެހިފައިވާ ތާވަލުގެ ސަބަބުން، ބަރުދަން ލުއިކޮށް، ބަރުދަން އިތުރުކުރުމަށް މާގިނަ ވަގުތެއް ނުލިބޭނެއެވެ.

ފިލްމް "ޗެރީ" ގައި ޓޮމް ފެނިގެންދާނީ އަސްކަރިއްޔާގައި މަސައްކަތްކުރާ ސިއްހީ އޮފިސަރެއްގެ ގޮތުގައެވެ. މި ފިލްމްގައި ޓޮމް އަކީ ޕޯސްޓް-ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ) ތަހައްމަލުކުރާ މީހެކެވެ.