އާމްނާ ޝަރީފް ރާއްޖޭގައި

އިންޑިއާގެ ބަތަލާ އާމްނާ ޝަރީފް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

އުމުރުން 38 އަހަރުގެ ބަތަލާ ރާއްޖެ އައިސްފައިވަނީ އޭނާގެ ދެ އެކުވެރިންނާއެކުގައެވެ. އާމްނާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކާއެކު އޭނާ ބުނި ގޮތުގައި އޭނާ ހުރީ ކަނޑިންމަ މޯލްޑިވްސް ރިސޯޓްގައެވެ.

"ކަހީ ތޯ ހޯގާ" ގައި ކަޝިޝްގެ ރޯލު ކުޅުނު އާމްނާ ވަނީ ކަސޯޓީ ޒިންދަގީ ކޭ ގައި ކޮމަލިކާގެ ރޯލު ކުޅެފައެވެ. ފިލްމް އޭކް ވިލަން އިންވެސް ފެނިގެންދިޔަ ބަތަލާ، މިއަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ރޫހި" އިންވެސް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާމްނާ ޝަރީފް ވަނީ މީގެ ކުރިން ރާއްޖެ އައިސް، ރާއްޖޭގެ ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއެކު ލަވައެއް ކުޅެފައެވެ.