ޑެނިއަލް ގްރެއިގް

"ނޯ ޓައިމް ޓު ޑައި" ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފި

ޖޭމްސް ބޮންޑް ފިލްމް "ނޯ ޓައިމް ޓު ޑައި" ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފިއެވެ.

މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ރިލީޒްކުރަން އޮތް ފިލްމް މިއަހަރުގެ ނޮވެމްބަރު މަހަށް ފަސްކުރީ ކޮވިޑް-19 އާ ގުޅިގެންނެވެ. ނަމަވެސް މިހާރު މިވަނީ ފިލްމް ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފައެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ދެވަނަ ދުވަހުއެވެ.

ފިލްމް ރިލީޒްކުރުން ފަސްކުރުމުން ފޭނުން ހިތްހަމަނުޖެހޭނެ ކަންވެސް އެނގޭ ކަމަށް ފިލްމް އުފައްދާ ފަރާތުން ވަނީ ބުނެފައެވެ.

"ނޯ ޓައިމް ޓު ޑައި" އަކީ ޖޭމްސް ބޮންޑް ފްރެންޗައިޒްގެ 25 ވަނަ ފިލްމެވެ. ބްރިޓިޝް ސީކްރެޓް ސާވިސް އެޖެންސް، 007 ގެ ރޯލުން މި ފިލްމްގައި ފެނިގެންދާނީ އެކްޓަރު ޑެނިއަލް ކްރެއިގްއެވެ.