ވިން އަ ޓެސްލާގެ ނަސީބުވެރިޔާ ހޮވައިފި

ދިރާގުން ކުރިއަށް ގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުން އޮތީ އަޟްހާ އީދު ފާހަގަކުރަން ދިރާގުން ރޭ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދިޔަ ޝޯގަ އެވެ.

ދިރާގުގެ ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ މެދުގައި ނެގި މި ގުރުއަތުން މުޅިން އާ ޓެސްލާ ކާރު މޮޑެލް ތިނެއްގެ ވެރިޔާގެ ގޮތުގައި ނަސީބުން މުސްތަފާ މުހައްމަދު އެވެ.