ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ފޮޓޯ: ވީއައިއޭ ފޭސްބުކް ޕޭޖް

ޖެޓް ފިއުލް ރި-އެކްސްޕޯޓް އާމްދަނީ އިތުރުވެއްޖެ

ޖެޓް ފިއުލް ވިއްކައިގެން މިއަހަރުގެ އެޕްރީލްގެ ނިޔަލަށް ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި މިއަހަރުގެ މޭ މަހުގެ އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން މި އަހަރުގެ އެޕްރީލްގެ ނިޔަލަށް ޖެޓް ފިއުލް ރި-އެކްސްޕޯޓްކޮށްގެން ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.

ޖެޓް ފިއުލް ރި-އެކްސްޕޯޓް އާމްދަނީ އިތުރުވެފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ފްލައިޓް މޫވްމެންޓްގެ އަދަދު ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާއި އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި އިތުރުވެފަ އެވެ.