ފަތުރުވެރިންތަކެއް ފްލައިޓަކުން ފައިބަނީ -- ފޮޓޯ: ވީއައިއޭ

އަހަރުގެ މިހާތަނަށް 513،000 ފަތުރުވެރިން

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 513،000 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 450،600 ފަތުރުވެރިންނަށްވުރެ 14 ޕަސަންޓް އިތުރު އަދަދެކެވެ.

މިއަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 192،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ މަހު 217،000 ފަތުރުވެރިން އަދި މިމަހުގެ މިހާތަނަށް 103،600 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެއަށް މިހާރު އެވަރެޖްކޮށް ދުވާލަކު 6،000 ފަތުރުވެރިން ޒިޔާރަތްކުރާއިރު އެވަރެޖްކޮށް އަށް ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ.