
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިދުމަތް ދެނީ: ފައިލް ފޮޓޯ މީރާ ފޭސްބުކް ޕޭޖް
މިދިޔަ މަހު 1.8 ބިލިއަން ރުފިޔާ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ނޮވެމްބަރު މަހު 1.89 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.
މީރާއަށް މިދިޔަ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. ޖީއެސްޓީގެ ގޮތުގައި 1.09 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 57.9 ޕަސެންޓެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ބިން ހޯދުމާއި ބަދަލުކުރުމުގެ ފީ އިންނެވެ. އެއީ 9.1 ޕަސެންޓް ނުވަތަ 171.62 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 93.14 މިލިއަން ރުފިޔާ ލިބުނުއިރު އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 92.79 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 91.45 މިލިއަން ރުފިޔާ ލިބުނެވެ.