ފްލައިޓަކުން ރާއްޖެ އައި ފަތުރުވެރިންނަށް ވީއައިއޭ އިން މަރުހަބާ ކިޔަނީ -- ފޮޓޯ: ވީއައިއޭ

އާމްދަނީ 3.7 ޕަސެންޓް އިތުރުވެއްޖެ

ދައުލަތަށް މި އަހަރު ލިބުނު އާމްދަނީ 3.7 ޕަސެންޓް އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެޕްރީލް 25 ވަނަ ދުވަހުގެ ނިޔަލަށް 11 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 10.7 ބިލިއަން ރުފިޔާ އެވެ.

މި އަހަރު ލިބުނު އާމްދަނީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 9.2 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 1.8 ބިލިއަން ރުފިޔާ ހިމެނެ އެވެ.