"ދަ ބެޓްމޭން" ގެ ފަސްޓް ލުކް ލޯގޯ ދައްކާލައިފި

މެޓް ރީވްސް ޑައިރެކްޓްކުރާ ފިލްމް "ދަ ބެޓްމޭން" ގެ ފަސްޓް ލުކް ލޯގޯ ދައްކާލައިފިއެވެ.

އުމުރުން 54 އަހަރުގެ މެޓް ރީވްސް ހާމަކުރި ގޮތުގައި، އެ ލޯގޯ ކުރަހާފައިވަނީ ޑީސީ ގެ ޗީފް ކްރިއޭޓިވް އޮފިސަރު ޖިމް ލީއެވެ.

މި ފިލްމްގައި ބެޓްމޭންގެ ރޯލުން ފެނިގެންދާނީ ރޮބަޓް ޕެޓިންސަންއެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަލުން ފަށާނެއެވެ. ކޮވިޑް-19 އާ ގުޅިގެން ފިލްމްގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ގާތްގަނޑަކަށް ހަތް ހަފުތާ ވަނީވެފައެވެ.

"ދަ ބެޓްމޭން" ގެނެސްދިނުމަށް ކުރިން ހަމަޖެހިފައި އޮތީ އަންނަ އަހަރުގެ ޖޫން މަހުއެވެ. ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން ފިލްމް ރިލީޒްކުރާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.

މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ޕޯލް ޑާނޯ، އެންޑީ ސާކިޒް، ކޮލިން ފެރެލް އަދި ޒޯއީ ކްރަވިޒް ހިމެނެއެވެ.