ރައުޓާ އާއި ސެޓްއަޕް ހިލޭ ލިބޭ ޕްރޮމޯޝަނެއް

ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް މުޅިން އަލަށް އެދޭ ކަސްޓަމަރުންނަށް ރައުޓާ އަދި ސެޓްއަޕް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަންގެ މުއްދަތުގައި ހިދުމަތަށް ސަބްސްކްރައިބް ކުރާ ރެސިޑެންޝަލް ކަސްޓަމަރުންނަށް ރައުޓާ އަދި ސެޓްއަޕް ހިލޭ ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ޕްރޮމޯޝަނާއި ގުޅޭ ގޮތުން ދިރާގުގެ މެނޭޖާ އެކުއިޒިޝަންސް ޖަނާ އިބްރާހިމް ވިދާޅުވި ގޮތުގައި މިއީ އެއްވެސް ސެޓްއަޕް ފީއަކާ ނުލާ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބާ ނެޓްވާކްއާ ގުޅާލުމަށް ލިބޭ ފުރުސަތެކެވެ.

ރާއްޖޭގެ ގޭބިސީގެ 87 ޕަސަންޓަށް ދިރާގުގެ ފައިބާ ނެޓްވޯކް ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.