ޓިންކަބެލްގެ ރޯލަށް ޔާރާ

ޑިޒްނީގެ ލައިވް-އެކްޝަން "ޕީޓަ ޕޭން" ގައި ޓިންކަބެލްގެ ރޯލަށް އެކްޓްރެސް ޔާރާ ޝަހީދީ ހަމަޖައްސައިފިއެވެ.

އެމެރިކާގެ އުމުރުން 20 އަހަރުގެ އެކްޓްރެސް ޔާރާ އާއެކު މި ފިލްމުން އެކްޓަރު އެލެގްޒެންޑާ މޮލޮނީ އާއި އެކްޓްރެސް އިވާ އެންޑަސަން ފެނިގެންދާނެއެވެ. ފިލްމްގައި ޕީޓަ ޕޭންގެ ރޯލު ކުޅޭނީ އެލެގްޒެންޑާއެވެ. އަދި ވެންޑީގެ ރޯލު ކުޅޭނީ އިވާ އެންޑަސަންއެވެ.

ޑޭވިޑް ލޮވެރީ ޑައިރެކްޓްކުރާ މި ފިލްމްގައި ކެޕްޓަން ހުކްގެ ރޯލަށް ނަގާފައިވަނީ އެކްޓަރު ޖޫޑް ލޯއެވެ. ފިލްމްގެ ސްކްރިޕްޓް ލިޔެފައިވަނީ ޑޭވިޑް ލޮވެރީ އާއި ޓޮބީ ހަލްބްރޫކްސްއެެވެ.