"ބޫތު ޕޮލިސް" އަށް އަރުޖުން

ހޮރޯ ކޮމެޑީ ފިލްމް، "ބޫތު ޕޮލިސް" ގެ ކާސްޓާއި އެކްޓަރު އަރުޖުން ކަޕޫރް ގުޅިއްޖެއެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރާ މި ފިލްމްގެ ޑައިރެކްޓަރަކީ ޕަވަން ކިރްފަލާނީއެވެ. އޭނާއަކީ މީގެ ކުރިންވެސް ބިރުވެރި ފިލްމް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި ފިލްމް "ފޯބިއާ" އަދި "ރާގިނީ އެމްއެމްއެސް" ހިމެނެއެވެ.

މި ފިލްމްގެ ކާސްޓުންގެ ގޮތުގައި މިހާތަނަށް އިއުލާނުކޮށްފައިވާ ފަންނާނުންގެ ތެރޭގައި ސައިފް އަލީ ހާން އާއި ފާތިމާ ސަނާ ޝެއިހް ހިމެނެއެވެ. އޭގެ އިތުރުން މި ފިލްމުން އަލީ ފަޒަލްވެސް ފެނިގެންދާނެއެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މިއީ 3ޑީ ފިލްމެކެވެ.