
އެމްޕީއެލް ސަރަހައްދު: ފައިލް ފޮޓޯ ކަސްޓަމްސް
އެކްސްޕޯޓް 7.7 ޕަސެންޓް ދަށަށް
ނޮވެމްބަރުގެ ނިޔަލަށް ރާއްޖޭގެ އެކްސްޕޯޓް 7.7 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން ނޮވެމްބަރުގެ ނިޔަލަށް ރާއްޖެއިން ވަނީ 309.4 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ.
މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 335.2 މިލިއަން ޑޮލަރުގަ އެވެ.