އެމްއެމްއޭ -- ފޮޓޯ: އެމްއެމްއޭ

މިދިޔަ މަހު ރިޒާވް ދަށަށް

ރަސްމީ ރިޒާވް އާއި ޔޫޒަބަލް ރިޒާވް – ބޭނުންކުރެވޭ ރިޒާވް މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުނުއިރު ދަށަށް ހިނގައްޖެ އެވެ.

 

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރަސްމީ ރިޒާވްގައި މި އަހަރުގެ އޮގަސްޓް މަސް ނިމުނުއިރު ހުރީ 444 މިލިއަން ޑޮލަރެވެ. ޔޫޒަބަލް ރިޒާވްގައި ހުރީ 61 މިލިއަން ޑޮލަރެވެ.


އެމްއެމްއޭގެ ޑޭޓާބޭސްގައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 371 މިލިއަން ޑޮލަރެވެ. ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ސެޕްޓެމްބަރު ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 49 މިލިއަން ޑޮލަރެވެ.