ދެ ކޮމަންޑޫ ގުޅާލަން ޖިއޯޓެކްނިކަލް ސާވޭ ނިންމާލައިފި

ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަން އާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭ ނިންމާލައިފި އެވެ.

މި ސާވޭގެ ދަށުން ބްރިޖްގެ ފުންމިން ބެލުމަށްޓަކައި ބޯހޯލް ތޮރުފައިގެން ބެޑްރޮކް ލެވަލް ބެލިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. އަދި ސާވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖްގެ ފައުންޑޭޝަން އެޅުމަށް ތައްޔާރުވަމުންދާ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅުވާލުން ހިމެނެ އެވެ. އަދި 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނެ އެވެ. މިއީ 235.75 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.