ފޮޓޯ: އެމްޓީސީސީ

ބިން ހިއްކަން ބޮޑު ޖައްރާފާ މަގޫދޫއަށް

ފ. މަގޫދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުއަށް އެމްޓީސީސީގެ ބޮޑު ޖައްރާފާ އެ ރަށަށް ގެންގޮސް ބިން ހިއްކަން ފަށައިފި އެވެ.

އެމްޓީސީސީ އިން ބުނީ ރަށުގެ ބަންޑް ވޯލް ހެދުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ރަށުގެ ތަރައްޤީއާއި އެހެނިހެން ބޭނުންތަކަށް ޙާއްސަކުރެވިގެން 17 ހެކްޓަރުގެ ބިން ހިއްކުމާއި، އެއަރޕޯޓް ތަރައްޤީ ކުރުމަށް 30.8 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން 3,339 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ މިއީ 206.87 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.