ފޮޓޯ: ރައީސް އޮފީސް

ޕްރިމިއަމް ވިލާތަކުގެ ބިޔަ މަޝްރޫއުގެ ބިންގާ އަޅައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި "އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް"ގެ ނަމުގައި ހެދުމަށް ހަމަޖެހިފައިވާ ހާއްސަ ޕްރިމިއަމް ވިލާތަކުގެ ބިޔަ މަޝްރޫއުގެ ބިންގާ އަޅައިފި އެވެ.

މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑަށެވެ.

މިމަޝްރޫއުގެ ދަށުން ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓާއި ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް އިމާރާތްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.