އަގުހުރި އިނާމުތަކަކާއެކު ދިރާގު ބޮޑު ޗުއްޓީ ލަކީ ޑްރޯ

ދިރާގުން އަގުހުރި އިނާމުތަކަކާއެކު ބޮޑު ޗުއްޓީއަށް ހާއްސަ ލަޑީ ޑްރޯއެއް ފަށައިފި އެވެ.

މި ލަކީ ޑްރޯގައި 100 ޖީބީ ޕްރީޕެއިޑް ޑޭޓާ ޕެކެއް، ޕޯސްޓްޕެއިޑް ބޫސްޓާއެއް ނުވަތަ ފައިބަ ބްރޯޑްބޭންޑް ބޫސްޓާއެއް ނަގައިގެން އަގުހުރި އިނާމުތަކެއް ލިބޭނެ އެވެ.

ލަކީ ޑްރޯގެ އިނާމުތަކުގެ ތެރޭގައި ގޯ ޕްރޯ ހީރޯ 11، ޕީއެސް 5 ޑިސްކް އެޑިޝަން، އެއާޕޮޑްސް ޕްރޯ، 5ޖީ ވަޔަލެސް ރައުޓާ، ސާފޭސް ޕްރޯ 9 ހިމެނެ އެވެ.

ދިރާގުން ބުނި ގޮތުގައި މިއަދު ފެށި ލަކީ ޑްރޯ ޖުލައި އަށްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.