ާ"ސީޑް" އާއެކު ދިރާގުން ހަދާފައިވާ ޕާޓްނާޝިޕް އެއްބަސްވުން އާ ކޮށްފި

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގެ ދަށުން ހިންގާ "ސީޑް" އާއެކު ދިރާގުން ހަދާފައިވާ ޕާޓްނާޝިޕް އެއްބަސްވުން އާ ކޮށްފި އެވެ.

"ސީޑް" އަކީ ކުދި ވިޔަފާރިތަކާއި ފްރީލާންސަރުން މަސައްކަތްތައް ކުރުމަށް ހަދާފައިވާ ވޯކް ސްޕޭސްއެކެވެ. އެކި މަސައްކަތް ކުރުމަށް ބޭނުންވާ ގިނަ ވަސީލަތްތައް މި ތަނުގައި ހުރެ އެވެ.

މި އެއްބަސްވުމުގެ ދަށުން ދިރާގުން ދަނީ "ސީޑް" އަށް ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ޕާޓްނާޝިޕް އެއްބަސްވުން އާ ކުރުމާއި ގުޅޭ ގޮތުން ދިރާގުގެ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ މިއީ ރާއްޖޭގައި ކުދި ވިޔަފާރިތައް ކުރިއަރުވާ، އަމިއްލަ ވިޔަފާރިތައް ކުރާ ފަރާތްތައް ބިނާކުރުމުގެ ގޮތުން އެ ކުންފުނިން ގާއިމުކުރި އެއްބަސްވުމެއް ކަމަށެވެ.

"ސީޑް"ގެ ޑިރެކްޓާ، ކޮމާޝަލް މުހައްމަދު ޖައުޝަން ވިދާޅުވީ ދިރާގާއެކު ކުދި ވިޔަފާރިތަކުން ސީޑްގެ ވޯކް ސްޕޭސްގައި ތިބެގެން، މަސައްކަތް ކުރުން ފަސޭހަވެފައިވާ ކަމަށް ވިދާޅުވި އެވެ.