މޯލްޑިވިއަންގެ އޭޓީއާރް މަރުކާގެ ފްލައިޓެއް -- ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަން އަށް އިތުރު ބޯޓުތަކެއް ހޯދަނީ

ގައުމީ އެއާލައިން – މޯލްޑިވިއަން އަށް އޭޓީއާރް 42-600 މަރުކާގެ ތިން ފްލައިޓް ހޯދަން އިއުލާންކޮށްފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑުން ކުރި އިއުލާނުގައިވާ ގޮތުން މި ތިން ފްލައިޓްގެ ފައިނޭންސް ލީސްގެ މުއްދަތަކީ މަދުވެގެން 15 އަހަރެވެ.

މީގެ ތެރެއިން އެއް ފްލައިޓް މި އަހަރުގެ ޑިސެމްބަރު މަހު ފޯރުކޮށްދޭން ޖެހޭއިރު ދެވަނަ ފްލައިޓް އަންނަ އަހަރުގެ އޮގަސްޓް މަހު އަދި ތިން ވަނަ ފްލައިޓް އޮކްޓޫބަރު 2026 ގައި ފޯރުކޮށްދޭން ޖެހެ އެވެ.

މޯލްޑިވިއަންގައި މިހާރުވެސް އޭޓީއާރް މަރުކާގެ ފްލައިޓް ބޭނުންކުރެ އެވެ.