މާޅޮސް ބަނދަރު މަޝްރޫއުގެ 66 އިންސައްތަ ނިމިއްޖެ

އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މުޅި މަޝްރޫޢޫގެ %66 މަސައްކަތް ވަނީ މިހާރު ނިމިފައެވެ. އަދި، އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތުގެ %41 ވަނީ ފުރިހަމަ ކުރެވިފައެވެ.
 
މި މަޝްރޫޢުގެ ދަށުން، 24،335 ކިއުބިކް މީޓަރު ކޮނުމާއި، 394 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 56 މީޓަރުގައި ގްރޮއިންސް ޖެހުމާއި، 100 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
 
މި މަޝްރޫޢުއަކީ 56.97 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.