މިދިޔަ އަހަރު ބީއެމްއެލް އިންޓަނެޓް ބޭންކިން މެދުވެރިކޮށް 85 މިލިއަނަށްވުރެ ގިނަ މުއާމަލާތް

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަނެޓް ބޭންކިން މެދުވެރިކޮށް 85 މިލިއަނަށްވުރެ ގިނަ މުއާމަަލާތްކޮށްފި އެވެ.

މިއީ ދުވާލަކަށް އެވަރެޖްކޮށް ބަލާނަމަ 232،000 އަށްވުރެ ގިނަ މުއާމަލާތްކަން ބީއެމްއެލް އިން ފާހަގަކުރެ އެވެ.

ބީއެމްއެލް އިން މޯބައިލް އެޕްލިކޭޝަން އާންމު ފަރުދުންނަށް ތައާރަފުކުރީ 2015 ވަނަ އަހަރު އެވެ.

ބީއެމްއެލްގެ އިންޓަނެޓް އަދި މޯބައިލް ބޭންކިން ހިދުމަތަކީ ގިނަ ބަދަލުތަކެއް ގެނެވި ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ އެއާއި ނުލާ ދިރިއުޅުން ފަސޭހަ ނުވާނެ ހިދުމަތަކަށް މިއަދު ވަނީ ވެފަ އެވެ.

ފާއިތުވި އަހަރު މުޅިން އަލަށް ބީއެމްއެލް އަށް 25،000 އަށްވުރެ ގިނަ ކަސްޓަމަރުން ގުޅިފައިވާއިރު މިކަމުގެ ސަބަބެއްގެ ގޮތުގައި އެ ބޭންކުން ފާހަގަކުރަނީ ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތާއި ފަސޭހައިން ހިދުމަތް ލިބޭނެ މަގު ފަހިވެފައި އޮތުމަށެވެ.