
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކަކަށް ވީއައިއޭއިން މަރުހަބާ ކިޔަނީ -- ފޮޓޯ: ވީއައިއޭ ފޭސްބުކް
1.5 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 9.5 ޕަސެންޓް އިތުރު އަދަދެކެވެ.
އެ ގޮތުން ފާއިތުވި 2023 ވަނަ އަހަރު 1.5 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކުރީ އެ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު އެވެ.
ރާއްޖެއަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ގައުމުން 227،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
ރަޝިއާއިން 165،000 ފަތުރުވެރިން ޒިޔާރަތްކުރިއިރު އިނގިރޭސިވިލާތުން 127،700 ފަތުރުވެރިން އަދި ޖަރުމަނުން 109،700 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.