ފްލައިޓަކުން ރާއްޖެ އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ -- ފޮޓޯ: ވީއައިއޭ

ފަތުރުވެރިންގެ އަދަދު ނުވަ ލައްކަ ހުރަސްކޮށްފި

މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ނުވަ ލައްކައަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 903،775 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 821،248 ފަތުރުވެރިންނަށްވުރެ 82،527 ފަތުރުވެރިން -- 10 ޕަސެންޓް އިތުރު އަދަދެކެވެ