އެމްޕީއެލް ސަރަހައްދު: ފޮޓޯ: ކަސްޓަމްސް

މިދިޔަ މަހު 5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި

މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު ފާއިތުވި މަހުގެ އިމްޕޯޓްވަނީ ނުވަ ޕަސަންޓް ދަށްވެފަ އެވެ.

މީގެ އިތުރުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހާއި އަޅާބަލާއިރު ފާއިތުވި މަހު އެކްސްޕޯޓް ވަނީ 14 ޕަސަންޓް ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 250 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިއިރު 2022 ވަނަ އަހަރުގެ މި މުއްދަތުގައި 292 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ.