ހޯރަފުށީ މަގު ހެދުމުގެ 82 ޕަސަންޓް ނިންމާލައިފި

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 82 އިންސައްތަ ނިންމާލައިފި އެވެ.

އެމްޓީސީސީން ބުނީ ޕޭވްމެންޓް ހެދުމުގެ މަސައްކަތް ނިމި ތާރު އެޅުމުގެ މަސައްކަތުގެ 95 ޕަސަންޓް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25,909 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުއްވާ ސަރަހައްދު ގާއިމުކުރުން ހިމެނެ އެވެ.

މީގެ އިތުރުން 11,114 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

މިއީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.