ޗުއްޓީގައި ރާއްޖޭގެ ކޮންމެ ތަނަކަށް ދިޔަސް މިހާރު ދިރާގު އިންޓަނެޓް

ދިރާގާއެކު މި ޗުއްޓީ ދަތުރުތަކުގައި ކޮންމެ ތަނަކަށްވެސް އިންޓަނެޓް ހިފައިގެން ދެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން ވަނީ "ބޮޑު ޗުއްޓީ ސޭލް"ގެ ނަމުގައި މައި-ފައި ޑިވައިސްއަށް ހާއްސަ ޕްރޮމޯޝަނެއް ފަށާފަ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ހުއާވޭ 4ޖީ މޯބައިލް ވައި-ފައި ޑިވައިސްއެއް ގަންނަ ހުރިހާ ކަސްޓަމަރުންނަށްވެސް 50 ޕަސެންޓުގެ ޑިސްކައުންޓަކާއެކު އެންމެ 594 ރުފިޔާއަށް ޑިވައިސްއެއް ގަނެވޭނެއެވެ.

މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަންގައި މި ޑިވައިސް އަދި އިންޓަނެޓް ޕެކޭޖުތަކުގެ މައުލޫމާތު ދިރާގު ވެބްސައިޓުން ބަލާލެވޭނެ އެވެ.

"ދިރާގުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުން ކޮންމެ ތާކު، ކޮންމެ ވަގުތަކުވެސް މުވާސަލާތީ ގޮތުން ގުޅުވުން އަދި އެކަމަށް މަގުފަހިކޮށްދިނުން. އެގޮތުން މި ޚާއްސަ ޕްރޮމޯޝަނާކީ ހުރިހާ ފަރާތްތަކަށްވެސް މި ޗުއްޓީ މޫސުމުގައި ދަތުރުކުރާއިރު ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށްލާ، ޚާއްސަ ވަގުތުތަކުގައި ބައިވެރިވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް،" ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވިއެވެ.