ހުވަދު އަތޮޅުގެ ފުރަތަމަ އާރްޓީއެލް ފެރީ މޫދަ ބާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް – އާރްޓީއެލް ދަތުރުތައް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ ފުރަތަމަ ލޯންޗް ބަނދެ އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ފެރީތައް ބަނުމުގެ މަސައްކަތް ކުރަނީ އަލްޝާލީ މެރިންއާ ހަވާލުކޮށްގެންނެވެ.

ފެރީ މޫދަށް ބޭލުމަށް ތިލަފުށީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ މެރިން ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު އިސްމާއީލް ފާރިގު ވިދާޅުވީ ހުވަދު އަތޮޅުގައި ހިދުމަތް ފެށުމަށް ޖުލައި މަހާ ހަމައަށް ހަ ލޯންޗު ނިންމާލެވޭނެ ކަމަށެވެ.

ހއ. އދ. ށ. އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށާއި ޅ. އަތޮޅުގައިވެސް އާރްޓީއެލް ފެރީގެ ހިދުމަތް މިހާރު އަންނަނީ ދެމުންނެވެ.