އާރްޓީއެލް ފެރީ: ފޮޓޯ: އެމްޓީސީސީ

އާރްޓީއެލް ފެރީ ދަތުރުތައް ޅ. އަތޮޅުގައި ފަށަނީ

ޅ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ފެރީ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

އެމްޓީސީސީ އިން ބުނީ ޅ. އަތޮޅުގައި އާރްޓީއެލް ދަތުރުތައް މާދަމާ ފަށާނެ ކަމަށެވެ. މާދަމާ އިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަސްދާނީ ޓެކްނިކަލް ދަތުރުތައް ކަމަށާއި އެ ދަތުރުތަކުގައި ކަސްޓަމަރުން ފެރީއަށް އެރުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.

ޓެކްނިކަލް ދަތުރުތައް ނިމުމުން މިމަހު 21 އިން 27 އަށް ހިލޭ ދަތުރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.

މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އަގު ނަގައިގެން ދަތުރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.