ފޮޓޯ: ވިޒިޓް މޯލްޑިވްސް

ގްރީން ފަންޑަށް ހަ މަހުން 526 މިލިއަން ރުފިޔާ

ގްރީން ފަންޑަށް މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 526 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ގްރީން ފަންޑުގެ ޖޫން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ގްރީން ފަންޑުން ހަރަދުކޮށް ބާކީ ހުރި އަދަދާއެކު މިހާރު ގްރީން ފަންޑުގައި ޖުމްލަ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އެބަހުއްޓެވެ.

ގްރީން ފަންޑަށް ޖޫން މަހު 50 މިލިއަން ރުފިޔާ ލިބުނުއިރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުން ގްރީން ފަންޑަށް ޖޫން މަހު 18 މިލިއަން ރުފިޔާ ލިބުނެވެ.

ގްރީން ފަންޑުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 287 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.