ސަބްމެރިން ކޭބަލް ރާއްޖެއަށް ގުޅާލަނީ -- ފޮޓޯ: ރައީސް އޮފީސް

ސަބްމެރިން ކޭބަލް އަޅަން ނެގި ލޯނުތަކަށް ގެރެންޓީދީފި

ސަބްމެރިން ކޭބަލް މަޝްރޫއަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން ނަގާފައިވާ ދެ ލޯނަކަށް ސަރުކާރުން ގެރެންޓީދީފި އެވެ.

 

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ސަރުކާރުން ދެ ލޯނަކަށް ގެރެންޓީދީފަ އެވެ.

މި ދެ ލޯނުވެސް ނަގާފައިވަނީ ބޭންކް އޮފް ސިލޯނުންނެވެ. ލޯނަށް ގެރެންޓީ ދީފައިވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

މި ލޯނުތަކުގެ ތެރޭގައި ހިމެނެނީ 115.6 މިލިއަން ރުފިޔާގެ ލޯނަކާއި 7.5 މިލިއަން ޑޮލަރު (115.6 މިލިއަން ރުފިޔާ) ގެ ލޯނެކެވެ.