ގައްދޫ ބަނދަރު އެއްގަމުތޮށީގެ 43 ޕަސަންޓް ފުރިހަމަކޮށްފި

ގދ. ގައްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 43 ޕަސަންޓް ފުރިހަމަކޮށްފި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި މަޝްެރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ވަނީ ރަށަށް ގެންގޮސްފަ އެވެ.

މި މަޝްރޫއުގެ ދަށުން، 23,017 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 232 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ.

އޭގެ އިތުރުން 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 320 މީޓަރުގެ ސްކޯރިން އޭޕްރަންއެއް ހެދުމާއި، ބްރިޖެއް ހެދުމާއި، 1600 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެވެ.

މި މަޝްރޫއަކީ 40.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.