މޭ މަހުގެ ފަތުރުވެރިންގެ އަދަދު ދަށަށް

މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މޭ މަހަށްވުރެ 3.7 ޕަސަންޓް ދަށަށް ހިނގައްޖެ އެވެ.

މިދިޔަ އަހަރުގެ މޭ މަހު ރާއްޖެއަށް 125،528 ފަތުރުވެރިން ޒިޔާރަތްކުރި ނަމަވެސް މިދިޔަ މަހު ރާއްޖެ އައީ 120،960 ފަތުރުވެރިންނެވެ.

މޭ މަހުގެ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ ކުރި އަރާފަ އެވެ.

މިއަހަރުގެ މިހާތަނަށް 809،245 ފަތުރުވެރިން ރާއްޖެ އައިއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 702،332 ފަތުރުވެރިންނެވެ.