ގުޅީފަޅުގައި ބްރިޖު މަޝްރޫއަށް ބޭނުންކުރާ ބައެއް ސާމާނު -- ފޮޓޯ: ރައީސް އޮފީސް

2.4 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 289 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 277 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ.

މީގެ އިތުރުން  ފިނޭންސް މިނިސްޓްރީން ވަނީ 182 ދުވަހުން އަނބުރާ ދެއްކުމަށް 872 މިލިއަން ރުފިޔާގެ ޓީ-ބިލެއްގެ އިތުރުން 364 ދުވަހުން އަނބުރާ ދެއްކުމަށް 995.5 މިލިއަން ރުފިޔާގެ ޓީ-ބިލެއް ވިއްކަން އިއުލާނުކޮށްފަ އެވެ.