ފަތުރުވެރިންތަކަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔަނީ -- ފޮޓޯ: ވީއައިއޭ

ޗައިނާ ފަތުރުވެރިންގެ އަދަދު ލައްކައަކަށް

މި އަހަރު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޗައިނާއިން 101،202 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ 895،764 ފަތުރުވެރިންގެ 11.3 ޕަސެންޓެވެ.