ފޮޓޯ ދިރާގު

ޓެސްލާ ކާރުގެ ނަސީބުވެރިޔާ އިއުލާނުކުރުން ހޯމަ ދުވަހުގެ ރޭ

ދިރާގު އީދު ޝޯ އާއި އެ ކުންފުނީގެ "ވިން އަ ޓެސްލާ" ލަކީޑްރޯ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.

އީދު ފާހަގަކުރަން ދިރާގުން ބާއްވާ މި އީދު ޝޯގައި މަޝްހޫރު މިއުޒިޝަނުން ބައިވެރިވާނެ ކަމަށް ދިރާގުން ބުނެ އެވެ.

އެގޮތުން ރެވިއޯ، ސްކައިރޮކް، އީކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، ޑީޖޭ އަލީ އަދި ސިމްބޮލިކް ރެކޯޑްސް ފަދަ ހުނަރުވެރި ދިވެހި މިއުޒިކް ކުޅުންތެރިން ޝޯއިން ފެންނާނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރުއަތުގެ ނަސީބުވެރިޔާ މި ޝޯގައި އިއުލާނު ކުރާނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.