ފޮނަދޫ ސެޓްލްމަންޓް ޓޭންކް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ (ދެވަނަ ފިޔަވަހީ)ގެ ދަށުން ސެޓްލްމަންޓް ޓޭންކް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސިސީން ބުނި ގޮތުގައި ފެން ހިންދާ ނިޒާމުގެ ހޮޅި އެޅުމުގެ މަސައްކަތުގެ 93 އިންސައްތަ މަސައްކަތާއި މަގުމަތީ ދުވާރު ހެދުމުގެ މަސައްކަތުގެ  53 އިންސައްތަ  މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ.

މި މަޝްރޫޢުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމާއި، 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

 މި މަޝްރޫއަކީ 53.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ