
ދިރާގުން ހާއްސަ ހަދިޔާއެއް، ކަރާ ފަޅައިގެން ސްވިޓްޒަލޭންޑް ދަތުރެއް
ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގު އެޕްއިން ކަރާ ފަޅައިގެން ސްވިޓްޒަލޭންޑަށް ދިއުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
މިއީ ސްވިޓްޒަލޭންޑުގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުސަތެއްކަން ފާހަގަކޮށް ދިރާގުން ބުނީ މި އަގުހުރި އިނާމުގެ ނަސީބުވެރި ފަރާތައް ހޮވޭ ކަސްޓަމަރަށް ސްވިޓްޒަލޭންޑަށް ދިއުމަށް ދެ މީހުންގެ ދެކޮޅު ޓިކެޓާއި 5 ރޭ ހުރުން ލިބޭނެ ކަމަށެވެ.
މި ހާއްސަ އިނާމު ހޯދުމަށް މި ރޯދަ މަހުގެ ކޮންމެ ދުވަހަކު ދިރާގު އެޕްގައިވާ "ރަމަޟާން އޮފާސް" ބެނާއަށް ފިއްތާލުމުން ފެންނަ އެ ދުވަހަކަށް ހާއްސަ ކަރާ ފަޅާލަންޖެހެ އެވެ.
މީގެ އިތުރުން، ކޮންމެ ދުވަހަކު ދިރާގު އެޕްއިން ކަރާ ފަޅައިގެން ދެ ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު، އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތުވެސް ދިރާގުން ވަނީ ހުޅުވައިލައިފަ އެވެ.
މި އިނާމުތަކުގެ ތެރޭގައި 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑް، ސެމްސަންގް އެސް 25 ފޯން އަދި 1 ޓީބީ ހިލޭ ޑޭޓާ ހިމެނެ އެވެ.
ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.