
މަސްވެރިންނަށް 998 މިލިއަން ރުފިޔާ ދީފި
މި ސަރުކާރުން މަސްވެރިންނަށް މިހާތަނަށް 998.8 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މިއީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ އެވެ.
ފިޝަރީޒް މިނިސްޓްރީން މިހެން ބުނެފައިވާއިރު މަސް ކުންފުނި -- މިފްކޯ އިން މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ބުނީ ޖޫން 27 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުންޏަށް ކިރާފައިވާ މަހުގެ ފައިސާ އޮޑިވެރިންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ޖަމާކުރުން ލަސްވުމުން މިދިޔަ މަހު މަސްވެރިން އިހުތިޖާޖުވެސް ކުރި އެވެ.
މިފްކޯ އިން މިހާރު ވަނީ މަސް ގަންނަ އަގަށް ބަދަލު ގެނެސްފަ އެވެ.
އެ ގޮތުން މިފްކޯއަށް މަސް ގަންނާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރާއި، މަސް އެކްސްޕޯޓް ކުރުމަށް ހޭދަވާ ހަރަދުތަކަށް ބެލުމަށްފަހު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.