އެމްއެމްއޭ: ފައިލް ފޮޓޯ އެމްއެމްއޭ

ސެޕްޓެމްބަރު މަހު ރިޒާވް ދަށަށް

މިއަހަރުގެ އޮގަސްޓް މަހަށްވުރެ ސެޕްޓެމްބަރު މަހު ރާއްޖޭގެ ރަސްމީ ރިޒާވް ދަށަށް ހިނގައްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހު ރިޒާވްގައި ހުރީ 658 މިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އަދަދު ހުރީ 540.3 އެމެރިކާ ޑޮލަރުގަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން އަންނަ އަހަރުގެ ނިޔަލަށް ރިޒާވްގައި ހުންނާނީ 606 މިލިއަން އެމެރިކާ ޑޮލަރެވެ.

މިއަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި މިއަހަރު ނިމޭއިރު ރަސްމީ ރިޒާވްގައި ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 657  މިލިއަން ޑޮލަރެވެ.