
ވައިޑް ބޮޑީގެ ދަތުރުތައް ޖެނުއަރީގައި 17 ގައި ފަށަނީ
މޯލްޑިވިއަންގެ ދަތުރުތަކުގައި ވައިޑް-ބޮޑީ މަތިންދާބޯޓު އަންނަ މަހުގެ 17 ވަނަ ދުވަހު ބޭނުންކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އޭ330 މަރުކާގެ އެ މަތިންދާބޯޓުގެ ލިވަރީ ބަދަލުކުރުމަށް މިހާރު ސިންގަޕޫރަށް ގެންގޮސްފައިވާ ކަމަށެވެ.
ލިވަރީއަކީ ފްލައިޓްގެ ބޭރުގައި ހުންނަ ކުރެހުމާއި ކުލަ އެވެ.
އެ މަސައްކަތް މިމަހުގެ 31 އަށް ނިމޭނެ ކަމަށާއި ފްލައިޓް ޖެނުއަރީ ހަތްވަނަ ދުވަހު ރާއްޖެ އައިސް ދަތުރުތައް ޖެނުއަރީ 17 ގައި ފަށާނެ ކަމަށް އަމީން ވިދާޅުވި އެވެ.