ވެސްޓިން މޯލްޑިވްސް ރިސޯޓްގައި ފަތުރުވެރިންތަކެއް- ފައިލް ފޮޓޯ ވެސްޓިން މޯލްޑިވްސް

ފަތުރުވެރިންގެ އަދަދު 1.42 މިލިއަނަށް

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.42 މިލިއަނަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާ އިން ނެވެ. އެގައުމުން 199،219 ފަތުރުވެރިން ޒިޔާރަތްކުރިއިރު ރަޝިއާއިން 174،601 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

ރާއްޖޭއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ، ފާއިތުވި ދެ އަހަރުގެ އެ މުއްދަތާއި އަޅައިބަލާއިރު ކުރި އެރުމެކެވެ.

ރާއްޖޭގައި މިވަގުތު 166 ރިސޯޓާއި 874 ހޮޓެލް އަދި ގެސްޓްހައުސް އާއި 157 ސަފާރީ ފަތުރުވެރިކަމަށް ދަނީ ބޭނުންކުރަމުންނެވެ.