އުރީދޫ ހެޑް އޮފީސް -- ފޮޓޯ: ރައީސް އޮފީސް

އުރީދޫ އޭޖީއެމް މާޗްމަހު

އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗްމަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މިމަހުގެ 21 ވަނަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓްގައި އާންމުކުރާނެ ކަމަށްވެސް އުރީދޫން ބުނެ އެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިމަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ މީހުންނަށް ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.

އުރީދޫން ބުނީ ހިއްސާދާރު އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެ ކަމަށެވެ.