
ދެ މަތިންދާބޯޓު ފައްތައިގެން ޑައިވް ރެކް ސައިޓެއް
ކ. ކުޑަގިރި ފަޅު ތެރެއަށް ދެ މަތިންދާބޯޓު ފައްތައި ޑައިވް ރެކް ސައިޓެއް ތަރައްގީކުރަން ނިންމައިފި އެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ އެޗްޑީސީ އާއި އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެންނެވެ.
މި މަތިންދާބޯޓުތައް ފެއްތުމުގެ ކުރިން ކުރަންޖެހޭ ސާފުކުރުން ސާފުކޮށްފައިވާއިރު ދެ މަތިންދާބޯޓު އޮޔަށް، ރާޅަށް ގުޑާގުޑުން ކުޑަކުރުމަށްޓަކައި ބަރު ކުރުމަށް ތައްޔާރުކޮށްފައިވާ ފައި ތަނބުތައް ތައްޔާރުކޮށް، ހަރުކޮށް، ފެއްތުމަށް ވަނީ ތައްރާރުކޮށްފަ އެވެ.
ކުޑަކިރި ކައިރިއަށް ފައްތަނީ ކުރިން އެއާ މޯލްޑިވްސްގައި ބޭނުންކުރި ޑޯނިއާ ދެ މަތިންދާބޯޓެވެ.