
ފޮޓޯ: ދިރާގު
ދިރާގުން ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި
ކްލީން މޯލްޑިވްސް އާއި ދިރާގު ގުޅިގެން ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފި އެވެ.
"ގޯގްރީން 2024" ގެ ނަމުގައި ބޭއްވި މި ހަރަކާތް ފައްޓަވައި ދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ.
ދިރާގުން ބުނި ގޮތުގައި މިއީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ "ފަސް މިލިއަން ގަސް" ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
"ގޯގްރީން 2024" ހަރަކާތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްލަ 1،000 ގަސް އިންދާފައިވެ އެވެ. މި ހަރަކާތަށް ދިރާގުން 255 ގަސް ހަދިޔާކޮށްފައިވެ އެވެ.