އުރީދޫ މަސްރޭސް ހަތަރު ސިޓީއަށް ފުޅާކޮށްފި

އުރީދޫ މޯލްޑިވްސްގެ އުރީދޫ މަސްރޭސް މުބާރާތް ރާއްޖޭގެ ހަތަރު ސިޓީއަށް ފުޅާކޮށް ބޭއްވުމަށް ނިންމައިފި އެވެ.

އުރީދޫ އިން ބުނީ އެ ކުންފުނީގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މުބާރާތް ހަތަރު ސިޓީއަށް ފުޅާކޮށް މިއަހަރުގެ އޮގަސްޓް މަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީއާއި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގަ އެވެ.

އުރީދޫން ބުނި ގޮތުގައި މިއަހަރުގެ މުބާރާތް ބާއްވާނީ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެންނެވެ.

މާލޭ ސިޓީ – އޮގަސްޓް ހަތަރެއް

ކުޅުދުއްފުށި ސިޓީ – އޮގަސްޓް 11

އައްޑޫ ސިޓީ – އޮގަސްޓް 18

ފުވައްމުލައް ސިޓީ – އޮގަސްޓް 25