އުރީދޫން ފްރީޑައިވިން ސޭފްޓީ ސެޝަނެއް ބާއްވަނީ

ފްރީޑައިވިން އިންސްޓްރަކްޓާސް އިންޓަނޭޝަނަލް (އެފްއައިއައި) އާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ފްރީޑައިވިން ސޭފްޓީ ސެޝަނެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

"ސޭފް ބިނީތް ދަ ސާފޭސް: ފްރީޑައިވިން ސޭފްޓީ ސެޝަން ވިތް އަ ވޯލްޑް ޗެމްޕިއަން" ގެ ނަމުގައި ކުރިއަށްގެންދާ މި ސެޝަންގެ މަގުސަދަކީ ޑައިވް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށާއި ހާދިސާތަކުން ސަލާމަތްވުމަށް އެހީތެރިވެދިނުމާއި ބެސްޓް ޕްރެކްޓިސްތައް ޕްރޮމޯޓްކުރުން ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

މި ސެޝަން އޮންނާނީ ބުދަ ދުވަހުގެ ރޭ 8:00 ގައި ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރުގަ އެވެ.

މި ސެޝަން ނަގައިދޭނީ އެފްއައިއައިގެ މަޝްހޫރު ދެ ސްޕީކަރުން ކަމަށްވާ މާޓިން ސްޓެޕަނެކް އާއި އެރޯލް ޕުޓިނަމް އެވެ.