ފޮޓޯ: ވީއައިއޭ

ޗޮންގްޗިންގް އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށައިފި

ޗައިނާގެ ޗޮންގްޗިންގް އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

އެ އެއާލައިނުން ދަތުރުތައް ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ޗައިނާގެ ޗޮންގްކިންގް ޖިއަންގްބޭ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު އެވެ.

ޗައިނާގެ ޗޮންގްޗިންގް ސިޓީއަކީ 31 މިލިއަން މީހުން ދިރިއުޅޭ ސިޓީއެކެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމަކީ ޗައިނާ އެވެ. އެ ގައުމުގެ އިތުރު އެއާލައިންތަކަކުން ރާއްޖެއަށް ދަތުރުކުރެ އެވެ.